މި ވެބްސައިޓަކީ އަޅުގަނޑު ލިޔެފައިވާ ލިޔުންތަކާއި، ފޮތްތަކާއި، މިހާރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން އިއްވާ ރައުޔުތައް ޝާއިއުކޮށް، އާންމުކުރުމަށްޓަކައި ތައްޔާރުކުރެވިފައިވާ ވެބްސައިޓެކެވެ. އަޅުގަނޑު ޝަރީއަތާއި ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ އެލް.އެލް.ބީ (އޮނަރސް) ހާސިލުކުރީ މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިންނެވެ. އަދި 2002 ވަނަ އަހަރު އޮސްޓްރޭލިއާގެ ދަ ޔުނިވަރސިޓީ އޮފް ކުއީންސްލޭންޑް އިން އެލް.އެލް.އެމް ހާސިލު ކޮށްފައިވާނެއެވެ. ދިވެހި ދައުލަތުގައި އާއި، ރާއްޖޭގެ ޤާނޫނީ ދާއިރާގައި ގިނަ މަޤާމުތަކެއް އަދާކޮށް ތަޖުރިބާ ހާސިލުކުރުމުގެ ފުރުސަތު ﷲ ގެ ހެޔޮ ރަހުމަތުން އަޅުގަނޑަށް ފަހިވެފައިވެއެވެ. އެ މަޤާމުތަކުގައިއާއި، އަދި ޢާންމުކޮށް ގާނޫނީ ދާއިރާއިން ކުރެވުނު ޚިދުމަތްތަކުގެ އަގުވަޒަން ކޮށްދެއްވުމުގެ ގޮތުން 2011 ވަނަ އަހަރު، ދިވެހި ސަރުކާރުން ހިތްވަރު ދިނުމުގެ ގައުމީ އެވޯޑް ދެއްވާފައިވެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އަޅުގަނޑު އައްޔަނުކުރެވުނީ 08 ޑިސެންބަރު 2019 ގައެވެ. އޭގެ ދިވެހިރާއްޖޭގެ ގާނޫނީ ދާއިރާގައި އަޅުގަނޑު ކުރަމުންދިޔަ މަސައްކަތުގެ ޚުލާސާ ތިރީގައި އެވަނީއެވެ.
- 2018 އިން 2019 އަށް މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ރިޔާސީ ކޮމިޝަންގެ ޗެއަރމަން ކަން.
- 2011 އިން 2019 އަށް މޯލްޑިވްސް ލޯ ރިވިއުގެ ޕްރިންސިޕަލް އެޑިޓަރު ކަން.
- 2011 އިން 2019 އަށް މޯލްޑިވްސް ލޯ އިންސްޓިޓިއުޓްގެ ރައީސް ކަން.
- 2013 އިން 2014 އަށް މޯލްޑިވްސް ބަރ އެސޯސިއޭޝަންގެ ރައީސް ކަން.
- 2009 އިން 2010 އަށް ދިވެހިރާއްޖޭގެ އެޓަރނީ ޖެނެރަލް ކަން.
- 2009 އިން 2010 އަށް ދަ ލޯ ކޮމިޝަން އޮފް މޯލްޑިވްސްގެ ޗެއަރމަން ކަން.
- 2009 އިން 2010 އަށް ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެމްބަރު ކަން.
- 2009 އިން 2010 އަށް ކްލެމެންސީ ބޯޑްގެ ރައީސް ކަން.
- 2005 އިން 2008 އަށް، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ޑްރާފްޓްކޮށް އެކުލަވާލުމަށް އުފެއްދި ޚާއްސަ މަޖިލީހުގެ އައްޑޫ ދާއިރާގެ މެމްބަރު ކަން.
- 2003 އިން 2005 އަށް ދިވެހިރާއްޖޭގެ ފުރަތަމް ހިއުމަން ރައިޓްސް ކޮމިޝަނުގެ މެމްބަރު ކަން.
- 1997 އިން 1999 އަށް ސިވިލް ކޯޓުގެ އިސް ޤާޟީ ކަން.
- 1994 އިން 1997 އަށް އެޓަރނީ ޖެނެރަލްގެ އޮފީހުގެ ސްޓޭޓް އެޓަރނީ ކަން.
- 1989 އެޓާރނީ ޖެނެރަލްގެ އެހީތެރިޔާ.
- 1987 އިން 1989 އަށް އެޓަރނީ ޖެނެރަލްގެ އޮފީހުގެ ލީގަލް އޮފިސަރ (ޓްރެއިނީ).
ޙުސްނުއްސުޢޫދު
2020 (c)