މި ވެބްސައިޓަކީ އަޅުގަނޑު ލިޔެފައިވާ ލިޔުންތަކާއި، ފޮތްތަކާއި، މިހާރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން އިއްވާ ރައުޔުތައް ޝާއިއުކޮށް، އާންމުކުރުމަށްޓަކައި ތައްޔާރުކުރެވިފައިވާ ވެބްސައިޓެކެވެ. އަޅުގަނޑު ޝަރީއަތާއި ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ, އެލް.އެލް.ބީ (އޮނަރސް) ހާސިލުކުރީ މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިންނެވެ. އަދި 2002 ވަނަ އަހަރު އޮސްޓްރޭލިއާގެ ދަ ޔުނިވަރސިޓީ އޮފް ކުއީންސްލޭންޑް އިން އެލް.އެލް.އެމް ހާސިލު ކޮށްފައިވާނެއެވެ. ދިވެހި ދައުލަތުގައި އާއި، ރާއްޖޭގެ ޤާނޫނީ ދާއިރާގައި ގިނަ މަޤާމުތަކެއް އަދާކޮށް ތަޖުރިބާ ހާސިލުކުރުމުގެ ފުރުސަތު ﷲ ގެ ހެޔޮ ރަހުމަތުން އަޅުގަނޑަށް ފަހިވެފައިވެއެވެ. އެ މަޤާމުތަކުގައިއާއި، އަދި ޢާންމުކޮށް ގާނޫނީ ދާއިރާއިން ކުރެވުނު ޚިދުމަތްތަކުގެ އަގުވަޒަން ކޮށްދެއްވުމުގެ ގޮތުން 2011 ވަނަ އަހަރު، ދިވެހި ސަރުކާރުން ހިތްވަރު ދިނުމުގެ ގައުމީ އެވޯޑް ދެއްވާފައިވެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އަޅުގަނޑު އައްޔަނުކުރެވުނީ 08 ޑިސެންބަރު 2019 ގައެވެ. އޭގެ ކުރިން ދިވެހިރާއްޖޭގެ ގާނޫނީ ދާއިރާގައި އަޅުގަނޑު ކުރަމުންދިޔަ މަސައްކަތުގެ ޚުލާސާ ތިރީގައި އެވަނީއެވެ.

ލިޔުންތައް |

ހުކުމްތައް |

ފޮތްތައް |

ޙުސްނުއްސުޢޫދު

2020 (c)